އޭދަފުށިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީ ހިއްކި ބިމުން ދޫކުރާ 183 ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އޭދަފުށީ ކައުންސިލުން އާންމުކޮށްފި އެވެ.

އޭދަފުށީ ހިއްކި ބިމުން ދޫކުރަން ނިންމާފައިވަނީ 1200 އަކަފޫޓްގެ 183 ގޯއްޗެވެ.

ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ކުރިން އާންމުކުރި ވަގުތީ ލިސްޓްގައި 525 މީހުން ހިމެނުނު ނަމަވެސް ދާއިމީ ލިސްޓްގައި ހިމެނެނީ 183 މީހުންނެވެ.

އޭދަފުއްޓަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ގޯތި ދޫނުކުރާތާ 30 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މިރަށުގައި އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައެވެ. އެއް ގެއެއްގައި ގިނަ އާއިލާތަކެއް ދިރިއުޅެން ޖެހުމުގެ ސަބަބުން އިޖްތިމާޢީ އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މި މައްސަލަ ހައްލުކުރަން ސަރުކާރުން އެ މިރަށުގައި 1000 ހައުސިން ޔުނިޓް އެޅުމަށް ވެސް މިހާރު ވަނީ ބަޔަކާ ހަވާލު ކޮށްފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...