ރާއްޖެ ސަރަހައްދުގައި ކޮޅިގަނޑެއް, ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ!

އޭދަފުށި ޓައިމްސްޚަބަރު

ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއް މަޑުމަޑުން ހުޅަނގަށް ޖެހެމުންދާތީ، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓު) އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނިގޮތުގައި، މާދަމާއާއި އޭގެ އަނެއް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމުގެ ފުރުޞަތު ބޮޑުވެފައިވާއިރު، ޚާއްޞަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ. އަދި ބުރާސްފަތި ދުވަހުވެސް ވާރޭވެހުން އެކަށީގެންވާކަމަށް މެޓުން ބުންޏެވެ.

ޚާއްޞަކޮށް އުތުރާއި މެދުރާއްޖެ ތެރޭ ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު ބޮޑުވެފައިވުމާއެކު، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުށްފަ އެވެ.

ވޭތުވެދިޔަ ހަފުތާގައި ރާއްޖެއަށް ކުރި ބޯ ވިއްސާރައިގައި މާލެ އާއި ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ތެރޭގައި ގެތަކަށް ފެންވަދެ، ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ގެއްލުންވުން ހިމެނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...