ދެމަފިރިންގެ ދެމެދުގައި ހަމަނުޖެހުން ހިނގައި ފިރިމީހާ ކަރަށް ވަޅި ހަރައިފި

އޭދަފުށި ޓައިމްސްޚަބަރު
ބ. ދަރަވަންދޫ

ބ. ދަރަވަންދޫގައި ދެމަފިރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފިރިމީހާ ކަރަށް ވަޅި ހަރައި ޒަހަމްވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ، ދަރަވަންދޫގައި ދެމަފިރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގި މައްސަލައެއް އެ އިދާރާއަށް ރޭ ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވެ، މާބޮޑު ތަފްސީލެއް ނުދެއެވެ.

ނަމަވެސް “އީޓީ” އަށް އެނގިފައިވާ ގޮތުގައި ދަރަވަންދޫގައި ދެމަފިރިއެއްގެ ދެމެދު ރޭ ދަންވަރު ހިނގި ހަމަނުޖެހުމުގައި ފިރިމިހާ ޒަހަމުވީ އޭނާ އަމިއްލައަށް ކަރަށް ވަޅި ހަރައިގެންނެވެ.

އެ ފިރިހެން މީހާ ރޭ ދަނވަރު ބ. އަތޮޅު ހޮސްޕިޓަލަށް ގެނަސް ފަރުވާ ދިނުމަށްފަހު މިއަދު ވަނީ ދޫކޮށްލާފަ އެވެ.

ދަރަވަންދޫގައި ދިރުއުޅުނަސް މި ދެމަފިރިންނަކީވެސް އެހެން ރަށަކަށް ނިސްބަތްވާ ދެ މީހުންނެވެ،

ކޮމެންޓްސް (0)

ލޯޑް ކުރަނީ...