ބ. އަތޮޅުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

އޭދަފުށި ޓައިމްސްޚަބަރު

ރަމަޟާން މަހާ ގުޅުވައިގެން ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބ. އަތޮޅުގެ ރަށްރަށުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ފަށައިފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމު މިއަހަރުވެސް އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.

އިއްޔެ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރަށްރަށުގެ މިސްކިތްތަކުގައި މެންދުރު ނަމާދާއި އަޞްރުނަމާދަށް ފަހު މި ޕްރޮގްރާމު ކުރިއަށްދާނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ވެސް ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަތޮޅު ކައުންސިލުން ބުނީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...