މަންޓާ އެއާއިން އީދު ބަންދަށް ދަރަވަންދުއަށް އިތުރު ފްލައިޓުތަކެއް

އޭދަފުށި ޓައިމްސްޚަބަރު

ކުރިއަށް އޮތް ފިތުރު އީދު ބަންދާ ދިމާކޮށް، މަންޓާ އެއާއިން ރާއްޖޭގެ ހަތަރު މަންޒިލަކަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

 މަންޓާ އެއާއިން ބުނީ  މާދަމާއިން ފެށިގެން އަންނަ މަހު 6ގެ ނިޔަލަށް ހަތަރު މަންޒިލަށް ފްލައިޓުތައް އޮންނާނެ ކަމަށެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިތުރު ފްލައިޓުތައް އޮންނާނީ ދ. ކުޑަހުވަދޫ، ބ. ދަރަވަންދޫ ، ރ. އިފުރު  އަދި ޅ. މަޑިވަރަށެވެ.

މި ފްލައިޓްތައް އޮޕަރޭޓްކުރާނީ އޭޓީއާރު 72-600 މަތިންދާބޯޓުގަ އެވެ.

ފަސިންޖަރުންނަށް މަންޓާ އެއާގެ ވެބްސައިޓް އަދި ބުކިން އެޖެންޓުން މެދުވެރިކޮށް ޓިކެޓު ގަނެވޭނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...