ލ. އަތޮޅުގެ ސްކޫލްތަކަށް ކައުންސިލުން މާލީ އެހީ

އޭދަފުށި ޓައިމްސްޚަބަރު

ލ. އަތޮޅު ސްކޫލްތަކަށް އެ އަތޮޅު ކައުންސިލުން މާލީ އެހީ ދޭން ނިންމައި އެ ފުރުސަތަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި މިއީ އެ އަތޮޅުގެ ސްކޫލްތަކުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސްކޫލްތަކުގެ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަގުސަދުގައި ކައުންސިލާއި، އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަތޮޅުގެ ސްކޫލްތައް ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ފުރިހަމަ ކުރަން ހުރި ކަންކަމަށް އެހީތެރިވުމުގެ ޕްރޮގްރާމްގެ ތެރެއިން ދޭން ނިންމާފައިވާ އެހީއެއް ކމަށެވެ.

އެގޮތުން އެ އަތޮޅުގައި ހިންގާ ޕްރީ ސްކޫލުތައް ވެސް ހިމެނޭގޮތަށް މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ  މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ލ. އަތޮޅު ކައުންސިލުން ދޭ މާލީ އެހީ އަށް އެދެވޭނީ އެ ރަށެއްގެ ކައުންސިލުގެ އެންޑޯސްމަންޓާ އެކީގައި ހުށަހަޅާ ޕްރޮޕޯސަލްތަކާ އެކީގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...