ފޭލިން މި އަހަރު ވެސް ކުޑަކުދިންނަށް އީދު ހަދިޔާ ދީފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
އޭދަފުށީގައި އީދު ހަދިޔާ ބެހުމުގެ ތެރެއިން.

މިއަދު ފާހަގަކުރާ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި، ފޭލި ޖަމިއްޔާއިން މި އަހަރު ވެސް ކުޑަކުދިންނަށް އީދު ހަދިޔާ ދީފި އެވެ.

މިއީ، އެ ޖަމިއްޔާއިން އެހީ ޖަމިއްޔާގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު ފަހަކަށް އައިސް ކޮންމެ އަހަރެއްގެ އީދާ ގުޅިގެން ކުރަމުން އަންނަ ކަމެކެވެ.

ފޭލިން ބުނީ ހަދިޔާ ދިނުމުގެ ބޭނުމަކީ އީދުގެ މުނާސަބާގައި، ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށް ވާތީ، ކުޑަކުދިންގެ މެދުގައި އެކަން ދިރުވައި އާލާކުރުން ކަމަށެވެ.

އޭދަފުށީގައި އީދު ހަދިޔާ ބެހުމުގެ ތެރެއިން.

އެގޮތުން، ފޭލި ޖަމިއްޔާގެ މެންބަރުން ވަނީ މިއަދު ހަވީރު، ކުޑަކުދިން ޖަމާވާ އެކި ސަރަހައްދުތަކަށް ގޮސް ހަދިޔާ ބަހައިފަ އެވެ.

ފޭލި ޖަމިއްޔާއިން ވަނީ އެހީ ޖަމިއްޔާ އާ ގުޅިގެން ނިމިދިޔަ ރަމަޟާންމަހުގެ ފަހު ދިހައެއްގައި އޭދަފުށީ މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...