ހާފިޒު އިސްމާއިލުގެ ޤުރުއާން ކުލާހަށް ވަނުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

އޭދަފުށި ޓައިމްސްޚަބަރު

ތަފާތު ރީތި ރާގުތަކަށް ކިޔަވައިދެއްވަމުން ގެންދަވާ ހާފިޒް އިސްމާއިލް (އިސްމާއިލް ސާރ) ކިޔަވައިދެއްވާ ޤުރުއާން ކުލާހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ ޖެނުއަރީމަހުން ފެށިގެން ކުރިއަށްގެންދާ މިކުލާސްތައް ކުރިއަށް ގެންދަނީ އޭދަފުށީ ބަހިއްޔާ ސްކޫލުގައެވެ. ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޤުރުއާން ކުލާހުގައި ހަފްތާއަކު ފަސްދުވަހު ކިޔައި ދޭނެއެވެ.

އިސްމާއިލް ސާރ އަކީ ޤުރުއާން ކިޔަވައިދެއްވުމުގައި ރާއްޖޭގައި 9 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަސޭހަކަމާއިއެކު ދިވެހިބަހުން ވާހަކަ ދައްކަން އެނގޭ ކުޅަދާނަ ޓީޗަރެކެވެ. ހާފިޒް އިސްމާއީލް އަކީ މިފަހަކަށް އައިސް އޭދަފުއްޓަށްއައި އެންމެ ރީތޮކަށް ކިޔަވަމުންގެންދާ އެއް ހާފިޒު އަދި އިމާމުވެސް މެއެވެ.  

އާއްމުގޮތެއްގައި މި ގުރުއާން ކުލާހުގެ ގަޑިތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް މެންދުރުފަހުއެވެ. މި ކުލާހުގައި ގުރުއާން ތިލާވަތު ކުރުމާއި ތަޖުވީދުމަގަށް ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށްދިނުމުގެ އިތުރުން  ގުރުއާން ހިފްޒު ކުރުމަށްޓަކައި ހާއްސަ ކުލާސް ތަކެއްވެސް ކުރިއަށް ގެންދެވޭނެއެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށާއި ޤުރުއާން ކުލާހުގައި ރަޖިސްޓަރ ވުމަށް ގުޅާނީ 7238111 އާ އެވެ. މި ނަމްބަރަށް ވައިބާ ކޮށްގެންވެސް ރެޖިސްޓާރ ކުރެވޭނެ އެވެ.

މިއަހަރު ދިރާސީ އާއަހަރު ފެށޭ ދުވަހު މިކުލާހުގެ ކިޔެވުން ފެށޭނެއެވެ. ވީމާ ގުރުއާން ކުލާހުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ކުދިންވެސް ވީހާވެސް އަވަހަކަށް ރަޖިސްޓަރ ކުރެއްވުމަށް މި ކްލާސްތައް ހިންގާ ފަރާތުން އެދެއެވެ.  

ކޮމެންޓްސް (0)

ލޯޑް ކުރަނީ...