ފެހެންދޫގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރަން ފަށައިފި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫއެއް ބ. ފެހެންދޫގައި ފަށައިފި އެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ ފްލޯޓިންގް އޭކާސް އިން ފެހެންދޫގައި ކުރިއަށް ގެންދާ މި މަޝްރޫއު ރަސްމީކޮށް އިއްޔެ އިފްތިތާހުކޮށްދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން މެރިކަލްޗާ ދާއިރާގެ އިތުރު މަޝްރޫއުތައް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މީގެއިތުރުން، މި މަޝްރޫއުގެ ނަތީޖާއެއްގެ ގޮތުން ޒުވާނުންނާއި ކަނބަލުންނަށް އާ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން މި މަޝްރޫއު ސިފަކޮށްފައިވަނީ ގައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުވެ، ދިވެހިންނަށް އާ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ފުރުސަތެއްގެ ގޮތުގަ އެވެ.

އެ މަޝްރޫއުއަކީ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިގުތިސޯދީ މަސައްކަތް ފުޅާކުރަން ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...