އޭދަފުށީ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށައިފި

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީ ބަނދަރު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، ސީސީޓީވީ ކެމެރާ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިއީ، ރަށުގައި ކުށްކުރުން މަދުކޮށް، އަމާން އަދި ސަލާމަތްތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ފުލުހުންނާއި ކައުންސިލް ގުޅިގެން

ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ބައެކެވެ. 

މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކެމެރާ ސިސްޓަމް ފުރަތަމަ ހަރުކުރާނީ ބަނދަރު ސަރަހައްދުގައެވެ. ކައުންސިލުން މި މަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން މި މަސައްކަތް ކުރަނީ ފުލުހުންނެވެ.

މިއީ ރަށުގައި ކުށްކުރުން މަދުކޮށް، އަމާން އަދި ސަލާމަތްތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ފުލުހުންނާއި ކައުންސިލް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

އިއްޔެ ފެށުނު މި މަޝްރޫޢުގެ ދަށުން، މިވަގުތު ކުރިއަށްދަނީ ރަށުގެ ބަނދަރު ސަރަހައްދުގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމުން، ބަނދަރު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...