އޭދަފުށީގައި ރޭގަނޑު ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ހޯދަނީ

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށީގެ މަގެއްމަތިން ކުދިންތަކެއް ހިނގާފައި އަންނަނީ. އެރަށުގައި ރޭގަނޑު އެކަނި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ފުލުހުން ވަނީ ހޯދަން ފަށާފައި– ފޮޓޯ : ހަފްސީ

ބ. އޭދަފުށީގައި ބެލެނިވެރިޔަކާ ނުލައި ރޭގަނޑު ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިއްޔެ މި މަސައްކަތް ފަށާފައިވަނީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމްކޮށް، ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމުގެ މަޤްޞަދުގައެވެ.

ފުލުހުންގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، ރޭގަނޑު 10:00 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ހޯދައި، ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައަށް ގެނައުމަށްޓަކައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން، ފުލުހުންގެ ފަރާތުން ބުނެފައިވަނީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމްކުރުމަށްޓަކައި ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...