މުންބާއީގެ ޗިލްޑްރަންސް އެކަޑަމީ ސްކޫލުގެ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި ބ. އަތޮޅަށް

އޭދަފުށި ޓައިމްސްޚަބަރު
މުންބާއީގެ ޗިލްޑްރަންސް އެކަޑަމީގެ ދަރިވަރުން މިއަދު ހެނދުނު ބއތމ ގެ އެސެމްބްލީގައި ބައިވެރިވަނީ- ފޮޓޯ/ބއތމ

މުންބާއީގެ ޗިލްޑްރަންސް އެކަޑަމީ ސްކޫލުގެ ދަރިވަރުންގެ ބައިވެރިވާ ތަޖުރިބާ ދަތުރެއްގައި ބ. އަތޮޅަށް އަތުވެއްޖެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި، މި ދަތުރަކީ މުންބާއީގެ ޗިލްޑްރަންސް އެކަޑަމީ ގްރޫޕް އޮފް ސްކޫލާ ގުޅިގެން ކުރިއަށްގެންދާ އެކްސްޗޭންޖް ޕްރޮގްރާމެކެވެ.

މި ދަތުރުގައި މުންބާއީގެ ޗިލްޑްރަންސް އެކަޑަމީ ގްރޫޕް އޮފް ސްކޫލުގައި ކިޔަވާ 6 ދަރިވަރުންނާއި، ސްކޫލުގެ ޕްރިންސިޕަލް، އަދި ދެ ޓީޗަރުން ބައިވެރިވެވަޑައިގަންނަވައެވެ.

މުންބާއީގެ ޗިލްޑްރަންސް އެކަޑަމީގެ ޓީމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން އިއްޔެ މަރުހަބާ ދަންނަވަނީ- ފޮޓޯ/ބއތމ

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ސަޤާފީ އަދި ތަޢުލީމީ ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ދަރިވަރުންނަށް ތަޖުރިބާތަކެއް ހޯދައިދިނުމެވެ.

މި އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި މިދިޔަ އަހަރު މުމްބާއީއަށް ގޮސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...