ކުޅުދުއްފުށީ ސްކޫލުތަކަށް ސިޓީ ކައުންސިލުން 100،000ރ

އޭދަފުށި ޓައިމްސްޚަބަރު

ހދ. ކުޅުދުއްފުށީގެ ކޮންމެ ސްކޫލަކަށް އެރަށު ސިޓީ ކައުންސިލުން 100،000ރ. މިއަދު ހަދިޔާކޮށްފި އެވެ.

މި ފައިސާ ދީފައިވަނީ “ސްކޫލު ގްރާންޓް” ގެ ނަމުގައި ހުޅުވާލި ފުރުސަތުގެ ދަށުން، ސްކޫލުތަކުން ހުށަހެޅި ޕްރޮޕޯޒަލްތަކުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށެވެ.

ކުޅުދުއްފުށީގައި ހިންގާ ތިން ސްކޫލު ކަމުގައިވާ އަފީފުއްދީން ސްކޫލު، ޖަލާލުއްދީން ސްކޫލު އަދި ހދ. އަތޮޅު ތައުލީމީ މަރުކަޒަށް މި ފައިސާ ލިބިގެންދާނެއެވެ.  މިގްރާންޓުގެ ދަށުން މިދިޔަ އަހަރު ވެސް ކޮންމެ ސްކޫލަކަށް 100،000ރ. ހަދިޔާކޮށްފައިވެ އެވެ.

ކައުންސިލުން ބުނީ ސްކޫލަށް ހާއްސަކޮށްގެން ގްރާންޓު ތައާރަފްކުރީ އެ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށާއި ވަސީލަތްތައް ތަރައްގީ ކުރުމާއި ދަރިވަރުންގެ ކުރިއެރުމަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުމަށާއި ޕީޓީއޭއިން ސްކޫލުގެ ތަރައްގީއަށް ފަންޑު ހޯދަން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ދިނުމަށް ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...