ރައީސްގެ ސްކޯލާޝިޕް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކަށް

އޭދަފުށި ޓައިމްސްޚަބަރު
އޭ ލެވެލްގެ އެއްވަނަ ހާސިލްކޮށް ރައީސްގެ ހާއްސަ ސްކޮލާޝިޕް ލިބުނު 11 ދަރިވަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ ރޭގެ ޖަލްސާގައި. — ފޮޓޯ | ރައީސް އޮފީސް

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ފއެއްވަނަ ދަރަޖައިގައި ފާސް ހޯދައިގެން، ރައީސްގެ ސްކޮލާޝިޕް 11 ދަރިވަރަކަށް ލިބިއްޖެ އެވެ. މީގެ ތެރޭގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރުން ހިމެނެ އެވެ.

ރައީސްގެ ސްކޮލާޝިޕް 11 ދަރިވަރަކު ހާސިލްކުރީ ފަސް މާއްދާ އިން “އޭ ސްޓާ” ހޯދައިގެންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރުންގެ އިތުރުން ރައީސްގެ ސްކޮލާޝިޕް ލިބުނު ދަރިވަރުންގެ ތެރޭގައި ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ ހަ ދަރިވަރުންނާއި، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކާއި، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި އަރަބިއްޔާ ސްކޫލުން އެއް ދަރިވަރު ހިމެނެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ރައީސްގެ ސްކޮލާޝިޕް ހޯދި ދެ ދަރިވަރުންނަކީ ލުބާނާ އަބްދުލް މޫމިނާއި މުހައްމަދު މަނޫން ފާއިޒެވެ. މި ދެ ދަރިވަރުންނަކީވެސް ފަސް މާއްދާއިން “އޭ ސްޓާ” ހޯދައިގެން ރާއްޖޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނުނު ދަރިވަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރުން ބޭނުން ގައުމެއްގައި ބޭނުން ރޮނގަކުން މަތީ ތައުލީމް ހާސިލު ކުރުމުގެ ފުރުޞަތު ދެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...