ގޯތި ލިބޭ ތަން ކަނޑައަޅަން ގުރު ނެގުން މިރޭ އޭދަފުށީ ސްޓޭޑިއަމުގައި

އޭދަފުށި ޓައިމްސްޚަބަރު
ބ. އޭދަފުށި

ބ. އޭދަފުށީ ހިއްކި ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގޯތިތައް ތަރުތީބުކުރަން ގުރު ނެގުން މިރޭ އޮންނާނެ އެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި، ގޯތި ލިބޭ މީހުންގެ މެދުގައި ގުރު ނެގުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާޓު އޮންނާނީ މިރޭ 8:30 ގައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އޭދަފުށީ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވައިފަ އެވެ. މި ރަސްމިއްޔާތު ކައުންސިލުގެ ފޭސްބުކް ޕޭޖުން ލައިވްކުރާގޮތަށް ވެސް ހަމަޖެހިފަ އެވެ.

އޭދަފުށީ ހިއްކި ބިމުން ދޫކުރަން ނިންމާފައިވަނީ 1200 އަކަފޫޓްގެ 183 ގޯއްޗެވެ.

އޭދަފުއްޓަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ގޯތި ދޫނުކުރާތާ 30 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މިރަށުގައި އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައެވެ. އެއް ގެއެއްގައި ގިނަ އާއިލާތަކެއް ދިރިއުޅެން ޖެހުމުގެ ސަބަބުން އިޖްތިމާޢީ އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...