ޓާމް ނިންމައި، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް

އޭދަފުށި ޓައިމްސްޚަބަރު
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބެލެނިވެރިޔަކު ސްކޫލް ދަރިވަރެއްގެ ރިޕޯޓްފޮތް ބަލަނީ.—

ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ، ސްކޫލްތަކުގެ ފުރަތަމަ ޓާމު ޗުއްޓީ މިއަދު ފަށައިފި އެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ އޮގަސްޓު މަހުގެ 10 ގައެވެ. މިއާއެކު ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބިގެންދާނެ އެވެ.

މި އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، 84،000 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން ދެ އެވެ. މި ދަރިވަރުންނަށް ކިޔަވައިދިނުމުގައި 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތްކުރަމުން ގެންދެ އެވެ.

މިދިޔަ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށާ ގޮތަށް ނިންމާފައިވީ ނަމަވެސް، މިހާރުގެ ސަރުކާރުން އެ ނިންމުން ބަދަލުކޮށް، އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔެވުން ފަށާގޮތަށް ވަނީ ނިންމާފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ދެ ދަރިވަރަކު ރިޕޯޓްފޮތް ބަލަނީ.—

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22 އާ ހަމައަށެވެ.

އަންނަ އަހަރުން ފެށިގެން ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގައި ކަމަށްވާތީ، ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު މަހުގައެވެ. މިއީ ސްކޫލްތަކުގެ އެކަޑެމިކް ކަލަންޑަރަށް ގެނެވޭ މުހިންމު ބަދަލެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...