ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ބ. ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވުނު ރަސްމިއްޔާތެކެވެ.

މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މި މަޝްރޫޢުގެ އަގަކީ 7،641،116.64 (ހަތް މިލިޔަން ހަލައްކަ ސާޅީސްއެއްހާސް ސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދެމުންދާ ސިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވަމުންނެވެ. މީގެ ތެރޭގައި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިމެނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިތުރު ޚިދުމަތެއްގެ ގޮތުގައި ކެނދޫގައި 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ދޭ އޭޓީއެމްގެ ޚިދުމަތް ވެސް ވަނީ ފަށައިފައެވެ. މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދިޔا މުހިންމު ކުރިއެރުމެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...