މާރެސް ވޮލީ މުބާރާތުގެ ސެމީއަށް އަމިއްލަފުށި، ވައްކަރު އަދި ކުލަބް ބެސްޓް ބަޑީސް

ކުޅިވަރު

ބ. މާޅޮހުގައި މިހާރު ކުރިއަށްދާ މާރެސް އިންވިޓޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް އަމިއްލަފުށި، ވައްކަރު އަދި ކުލަބް ބެސްޓްބަޑީސް ދަތުރުކޮށްފި އެވެ.

އަމިއްލަފުށިން ވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ، އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކޮށްފައެވެ.

އަމިއްލަފުށި ހިމެނޭ ގްރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރާނީ މިރޭ ކުޅޭ ވެސްޓިން އަދި ފިނޮޅު މެޗުން މޮޅުވާ ޓީމެކެވެ. މި މެޗަކީ ސެމީފައިނަލަށް ދަތުރުކުރާ ފަހު ޓީމް ހޮވުމަށް ކުޅޭ މެޗެވެ.

ގްރޫޕް ބީގައި ވާދަކުރި ތިން ޓީމުގެ ތެރެއިން ސޮނެވާފުށި ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފައެވެ. އެހެންކަމުން މި ގްރޫޕްގެ ވައްކަރު އަދި ކުލަބް ބެސްޓް ބަޑީސް ވަނީ އެއް މެޗުން މޮޅުވެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.

މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ މާދަމާ ރެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...