އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް 1300 އަށްވުރެ ގިނަ އެއަރޕޯޓް ލައުންޖަށް ހިލޭ ވަދެވޭނެ

އޭދަފުށި ޓައިމްސްޚަބަރު

އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ކްލަބް ޕްރިމިއާ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އައު ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތުގެ ދަށުން، ހިލޭ ޕްރިއޯރިޓީ ޕާސް މެމްބަޝިޕް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި 1300 އަށްވުރެ ގިނަ އެއަރޕޯޓް ލައުންޖްތަކަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫއިން މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ދަތުރުފަތުރުގައި ލުއިފަސޭހަ އަދި ލަގްޒަރީ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށާއި، ވަފާތެރި ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މި ޚިދުމަތް ލިބޭނީ ކްލަބް ޕްރިމިއާ ގޯލްޑް ނުވަތަ ޕްލެޓިނަމް މެމްބަރެއްގެ ގޮތުގައި މަދުވެގެން ތިން މަސްދުވަހު ދެމިހުންނަ ފަރާތްތަކަށެވެ.

ޕްރިއޯރިޓީ ޕާސް އެކްޓިވޭޓްކުރުމުން ލިބޭ މަންފާތަކުގެ ތެރޭގައި، ބައިނަލްއަޤްވާމީ އެއަރޕޯޓްތަކުގެ ލައުންޖްތަކަށް ވަދެވުމުގެ އިތުރުން، ރާއްޖޭގެ އެކި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ލިބޭ ޚާއްސα ޑީލްތަކުގެ ފައިދާވެސް ހިމެނެއެވެ.

“އަޅުގަނޑުމެންގެ މަޤްޞަދަކީ ރައްޔިތުން ގުޅުވައިދިނުމުގެ އިތުރުން، ދިރިއުޅުމުގެ އެކި ދާއިރާތަކުން ފުރިހަމα ތަޖުރިބާތަކެއް ފޯރުކޮށްދީ، ކަސްޓަމαރުންގެ އަގު ވަޒαންކުރުން،” އުރީދޫގެ އިސް ވެރިއެއް ވިދާޅުވިއެވެ.

މި ޚިދުމަތް އެކްޓިވޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އުރީދޫގެ ސޯޝަލް މީޑިއާ ޗެނަލްތައް ނުވަތަ ލައިވް ޗެޓް މެދުވެރިކޮށް ކަސްޓަމަރ ސަރވިސްއާ ގުޅުމަށް އުރީދޫއިން އަންގާފައިވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...