ދުނިޔޭގެ މަގުބޫލު “އެޕޮލޮޖީ ޓްރެންޑް”ގައި އުރީދޫއިން ބައިވެރިވެއްޖެ

އުރީދޫވެސް ދުނިޔޭގެ ގިނަ ބްރޭންޑްތަކުން ބައިވެރިވާ “އެޕޮލޮޖީ ޓްރެންޑް” ގައި ބައިވެރިވެއްޖެ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ގިނަ ކުންފުނިތަކަކުން މައާފަށް އެދުމުގެ ސްޓައިލް ނަކަލުކުރާ މި ޓްރެންޑަކީ ކަސްޓަމަރުންނާއި އެންގޭޖް ކުރުމަށް ބޭނުންކުރާ ޓްރެންޑެކެވެ. މި އަހަރުގެ ފަން ރަން ކިޓްތައް އުންމީދު ކުރި ވަރަށް ވުރެ ހަލުވި ސްޕީޑެއްގައި ވިކި ހުސްވުމާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވަނީ މި ފޯމެޓު ބޭނުންކޮށް މައާފަށް އެދިފަ އެވެ.
އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ ރަޖިސްޓްރޭޝަން ނިމުމުގެ ކުރިން ކިޓް ނުލިބުމުގެ ސަބަބުން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަން ރަން އަށް ލޯބިކުރާ މީހުންގެ މެދުގައި ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި އަހަރުވެސް އުރީދޫ ފަން ރަން އަށް އޮތް ލޯބި ވަރަށް ބޮޑު ކަމަށެވެ.
“މައާފަށް އެދުމުގެ ޓްރެންޑާއެކު ކަސްޓަމަރުންނާއެކު މަޖާކޮށް އެންގޭޖް ވެލާނެ މަގެއް ލިބިގެން ދިޔަ. އަދި މިއަދު 2 ޖަހާއިރު އޮންލައިންކޮށް ކުރިއަށްގެންދާ ފްލޭޝް ސޭލްގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” ހުސައިން ނިޔާޒް ވިދާޅުވި އެވެ.
އެ ބްރޭންޑުން ބުނީ އާންމުންގެ ޑިމާންޑަށް ބަލައި ފަން ރަން ކިޓްގެ ފްލޭޝް ސޭލް މިއަދު މެންދުރުފަހު 2:00 ގައި ފަށާނެ ކަމަށެވެ.
އުރީދޫ ފަން ރަންއަކީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި 5ކޭ އަށް އާއިލާ އާއި ރަހުމަތްތެރިން އެއްތަނަކަށް އެއްތަނަކަށް އެއްކޮށްލައިގެން ބާއްވާ ފޯމް ޕާޓީތަކާއި، ކަލަރ ތްރޯތަކާއި، އިންފްލޭޓަބަލްސް އަދި ފެސްޓިވަލް ހަރަކާތްތައް ހިމެނޭ ހަރަކާތެކެވެ.
“އޮފިޝަލް އެޕޮލޮޖީ ސްޓޭޓްމަންޓް” ޓްރެންޑުގައި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމަކީ އެ ކުންފުނިން ކްރިއޭޓިވް ޑިޖިޓަލް އެންގޭޖްމަންޓާއި މުޖުތަމައާ ގުޅުވާލައި، މަޖާކޮށް ކަސްޓަމަރުންނާއި މުއާމަލާތް ކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
