ބީއެމްއެލްއިން އޮސްޓްރޭލިއަން އޯޕަންގެ ފައިނަލަށް ފޮނުވާ ނަސީބުވެރިޔާ ހޮވައިފި

ވިޔަފާރި

ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަކާޑު ގުޅިގެން ހިންގި އޮސްޓްރޭލިއަން އޯޕަން ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

އެ ޕްރޮމޯޝަނުގެ ނަސީބިވެރިއަކަށް ހޮވުނީ ދިފްރާން އަޒީޒެވެ. މި ޕްރޮމޯޝަންގެ ދަށުން ދީފައި ވަނީ އިތުރު މީހަކާ އެކު އޮސްޓްރޭލިއަން އޯޕަން 2026 ގެ ފައިނަލް މެޗުތައް ބަލައިލުމަށް ހަތަރު ދުވަހުގެ ދަތުރެކެވެ. އޭގެ ތެރޭގައި ދެ މީހުންގެ ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމުގެ ހަރަދުގެ އިތުރުން މެޗުގެ ޓިކެޓު ލިބޭނެ އެވެ.

މިއީ މިދިޔަ ސެޕްޓެމްބަރު މަހުން އޮޓޯބަރު މަހުގެ ނިޔަލަށް އެމްއެލް މާސްޓާކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.

މާސްޓާކާޑަކީ އޮސްޓްރޭލިއަން އޯޕަންގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބޭބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ދަނީ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަފާތު ކުޅިވަރު ތަޖުރިބާތަކާއި ފުރުސަތުތައް ފޯރުކޮށްދެމުންނެވެ. އެގޮތުން 2025 ވަނަ އަހަރު ބީއެމްއެލް އިން ވަނީ މާސްޓާކާޑާ ގުޅިގެން ޔޫއެފްއާ ޗެމްޕިއަންސް ލީގު މެޗެއް ބަލައިލުމުގެ ފުރުސަތާއި ކޮލަމްބޯ ފެޝަން ވީކް ތަޖުރިބާ ކުރުމުގެ ފުރުސަތުގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލްގައި ޕްލޭޔަ މެސްކޮޓްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހިމެނޭހެން ގިނަ ޕްރޮމޯޝަންތަކެއް ހިންގައިފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...