އާ އަހަރަށް އުރީދޫގެ ހާއްސަ އޮފާތަކެއް

އުރީދޫ މޯލްޑިވްސް އިން 2026 ވަނަ އަހަރު ބައްދަލުކުރުމާ ގުޅިގެން، ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ. މި އޮފާތަކުގެ ތެރޭގައި ހާއްސަ ޕްރީޕެއިޑް ޕްލޭންތަކާއި، ސޯޝަލް މީޑިއާ ބަންޑަލްތަކުގެ އިތުރުން ޑޭޓާ ޑީލްތައް ހިމެނެއެވެ.
އުރީދޫގެ އަމާޒަކީ އާ އަހަރުގެ އުފާފާޅުކުރުންތަކުގެ ތެރޭގައި ކަސްޓަމަރުން މެދުނުކެނޑި ގުޅިފައި ތިބުމަށް މަގުފަހިކޮށްދިނުމެވެ.
އާ އަހަރުގެ ހާއްސަ ޕްރީޕެއިޑް ޕެކްތައް
އާ އަހަރަށް ހާއްސަކޮށްގެން އުރީދޫއިން ވަނީ “ޕްރީޕެއިޑް ނިއު އިޔަރ ޕެކް” ތައާރަފުކޮށްފައެވެ. މި ޕެކޭޖުގެ ދަށުން 26 ރުފިޔާއަށް 1.5 ޖީބީ ޑޭޓާ އާއި 26 ލޯކަލް މިނިޓް 3 ދުވަހުގެ މުއްދަތަށް ލިބޭނެއެވެ. މިއީ އާ އަހަރުގެ ބަންދުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ޕެކަކަށް ވާނެއެވެ.
މީގެ އިތުރުން، ދިގު މުއްދަތަށް ބޭނުންކުރެވޭ އާޗާ ޕްރީޕެއިޑް ޕްލޭންތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި 2026 ރުފިޔާއަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ޖުމްލަ 730 ޖީބީ ލިބޭ ޕްލޭނަކާއި، ހަ މަސް ދުވަހަށް ދުވާލަކު 5.5 ޖީބީ ލިބޭ ޕްލޭނެއް ހިމެނެއެވެ. އަދި ތިން މަސް ދުވަހަށް ދުވާލަކު 3 ޖީބީ ލިބޭ ޕްލޭނެއް 1100 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މި ހުރިހާ ޕްލޭންތަކެއްގައި ވެސް އަންލިމިޓެޑް އުރީދޫ ކޯލްތަކާއި، ޓިކްޓޮކް، އައިއެމްއޯ އަދި ވައިބަރ އަށް ހާއްސަ ޑޭޓާ ހިމެނެއެވެ.
ސޯޝަލް މީޑިއާ އަދި ޓިކްޓޮކް ސުޕަޑީލް
ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކަށް އެންމެ 25 ރުފިޔާއަށް އެއް ދުވަހުގެ މުއްދަތަށް “އަންލިމިޓެޑް ސޯޝަލް ޑޭޓާ ޕެކް” އެއް ވަނީ ތައާރަފުކޮށްފައެވެ. އަދި ޓިކްޓޮކް ބޭނުންކުރާ ކަސްޓަމަރުންނަށް 28 ދުވަހުގެ މުއްދަތަށް 5 ޖީބީގެ ޓިކްޓޮކް ޑޭޓާ ހިލޭ ލިބޭނެއެވެ. މި އޮފަރ ރިޑީމް ކުރެވޭނީ އުރީދޫ ސުޕަރއެޕްގެ ސުޕަޑީލް ސެކްޝަން މެދުވެރިކޮށެވެ.
އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް މި ހުރިހާ އޮފާތަކެއް ވެސް ލިބޭނެ ކަމަށާއި، އުރީދޫ އެޕް މެދުވެރިކޮށް މި ޕެކޭޖްތައް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫގެ އަމާޒަކީ 2026 ވަނަ އަހަރު ވެސް މުވާސަލާތީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ގުޅުންތައް ބަދަހިކޮށްދިނުމެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
