އުރީދޫ ފަން ރަން: ބިބް ނަންބަރު ސާޗް ކޮށް ފޮޓޯތައް ޑައުންކޮށްލެވޭނެ

އުރީދޫ ފަން ރަން 2025 ގައި ބައިވެރިވި ފަރާތްތަކަށް، އެ މީހެއްގެ ބިބް ނަންބަރު ބޭނުންކޮށްގެން އިވެންޓުގެ ފޮޓޯތައް ފަސޭހަކަމާއެކު ހޯދައި ޑައުންލޯޑް ކުރެވޭނެ އާ ފީޗާއެއް އުރީދޫ މޯލްޑިވްސް އިން މިއަދު ތައާރަފްކޮށްފިއެވެ.
މި ހިދުމަތް ހޯދުމަށްޓަކައި ބައިވެރިން ޒިޔާރަތް ކުރަން ޖެހެނީ funrun.ooredoo.mv ވެބްސައިޓަށެވެ. އެ ވެބްސައިޓަށް ޒިޔާރަތްކޮށް، ދުވުމުގައި ބޭނުންކުރި ބިބް ނަންބަރު ޖެހުމުން، އެ ބިބް ނަންބަރު ފެންނަން ހުރި ހުރިހާ ފޮޓޯއެއް ފެންނާނެއެވެ. އަދި މި ފޮޓޯތައް ހިލޭ ޑައުންލޯޑް ކުރުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ވަނީ ހުޅުވާލާފައެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ މި ޕްލެޓްފޯމްގެ ސަބަބުން ދުވުންތެރިންނަށް ފަން ރަންގެ ތަޖުރިބާ އާކޮށް، ރާއްޖޭގެ އެންމެ އުފާވެރި ދުވުމުގެ ހަނދާންތައް އެހެން ފަރާތްތަކާ ހިއްސާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. މިއީ ފަން ރަންގެ ޑިޖިޓަލް އެކްސްޕީރިއަންސް އިތުރަށް ފުރިހަމަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަން 2025 އަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ފަން ރަން އެވެ. މި ދުވުމުގައި އާއިލާތަކާއި، ޒުވާނުންނާއި، ކުޑަކުދިންގެ އިތުރުން ކޯޕަރޭޓް ޓީމުތަކުން ބައިވެރިވެ، ހުޅުމާލޭގެ މަގުތަކުގައި ބޮޑު އެއްބައިވަންތަކަމެއް ވަނީ ދައްކުވައިދީފައެވެ. އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އިންތިޒާރު ކުރެވޭ ކޮމިއުނިޓީ ފިޓްނަސް އިވެންޓެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ މި އިވެންޓް ކާމިޔާބު ކުރުމަށް އެހީތެރިވެދިން ހުރިހާ ބައިވެރިންނަށާއި، ޕާޓްނަރުންނަށާއި، ވޮލަންޓިއަރުންގެ އިތުރުން ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. ފޮޓޯތައް ބަލާލުމަށް funrun.ooredoo.mv އަށް ޒިޔާރަތް ކުރުމަށް އެ ކުންފުނިން އިލްތިމާސް ކުރެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
