ރާއްޖޭގެ 80 ޕަސެންޓަށް އުރީދޫގެ 5ޖީ މިހާރު ލިބޭނެ

ވިޔަފާރި

އުރީދޫން ރާއްޖޭގެ ބޮޑު ބަޔަކަށް 5ޖީ ގެ ޚިދުމަތް ފުޅާކޮށްފައިވާކަން ހާމަކޮށްފިއެވެ.

Ooredoo

އުރީދޫން މިއަދު ބުނީ، އެ ކުންފުނިން ފޯރުކޮށްދޭ 5ޖީ ނެޓްވޯކުގެ ޚިދުމަތް ރާއްޖޭގެ 80 ޕަސެންޓު ސަރަހައްދަށް މިހާރު ލިބޭނެ ކަމަށެވެ.

ރާއްޖޭގައި އޮތް އެންމެ ފުޅާ، އެންމެ ބޮޑު 5ޖީގެ ޚިދުމަތް ދެނީ އުރީދޫން ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ އާންމުންނާއި މުޅި މުޖުތަމައު ބާރުވެރިކުރުވުމަށް އެޅުނު ފިޔަވަޅެއް ކަމަށް އުރީދޫން ސިފަކުރެއެވެ.

އަދި 5ޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް ހަލުވި ދުވެލީގައި އޮންލައިންކޮށް ގޭމު ކުޅެވި، އެޗްޑީކޮށް ފިލްމުތައް ސްޓްރީމްކުރެވިގެން ދާނެ ކަމަށާއި، ބޭނުން ތަނެއްގައި ހުރެ މަސައްކަތް ކުރުމަށް މަގުފަހިވެ، އެކި ޒާތްޒާތުގެ ކޮންޓެންޓުތައް ތައްޔާރުކުރުން ފަދަ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ، އެ ކުންފުނިން ދޭ 5ޖީ ނެޓްވޯކް ފުޅާކުރުމުގެ މަގުސަދަކީ މޮބައިލް ޑޭޓާ ބޭނުންކޮށްގެން ފޯރުކޮށްދޭ ޚިދުމަތްތަކަށް އޮތް ޑިމާންޑަށް ބަލައި، އާންމުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އިތުބާރު ހިފޭ، ހަލުވި އިންޓަނެޓުގެ ސަބަބުން ކަސްޓަމަރުންގެ އުފެއްދުންތެރިކަން އިތުރުވެގެން ދާނެ ކަމަށް ބުނެ، އުރީދޫން ސިފަކުރާގޮތުގައި އުރީދޫގެ 5ޖީ ނެޓްވޯކަކީ ޒަމާނީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ޓެކްނޮލޮޖީ ފަހިކޮށްދެވޭނެ ނެޓްވޯކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...