ފެހެންދޫގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ފަށައިގެން ކުރިއަށް

ބ. ފެހެންދޫގައި އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމަށް، ސޯލާ-ޑީސަލް ބެޓެރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ފަށައިފި އެވެ.
އެ ވުޒާރާއިން އިއްޔެ މީސްމީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
ފެހެންދޫގައި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް 250 ކިލޯވޮޓުގެ ސޯލާ ފޮޓޯވޮލްޓެއިކް ނިޒާމަކާއި، 537 ކިލޯވޮޓުގެ ބެޓެރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭ ސޯލާ-ޑީސަލް ބެޓެރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މަޝްރޫއު ނިމޭއިރު، ފެހެންދޫގައި ގާއިމުކުރާ ހައިބްރިޑް ސިސްޓަމްގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 117،69 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވި ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 288 ޓަނަށް މަދުކުރެވޭނެ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.
އެ ވުޒާރާއިން ބުނީ، މަޝްރޫއު ނިމި ޚިދުމަތްދޭން ފެށުމާއެކު ފެހެންދޫގައި ކަރަންޓް އުފެއްދުމަށްޓަކާއި އަންދާ ޑީސަލްގެ މިންވަރު ދަށްވެގެންދާނޭ ކަމަށެވެ.
ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަވެނި ހަކަތައިން އުފައްދާ ކަރަންޓަށް 2028 ވަނަ އަހަރުގެ ކުރީން ބަދަލުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
