އަތޮޅު ފައިނަލުގައި އޭދަފުއްޓާއި ދަރަވަންދޫގެ ކުރިމަތިލުން މިރޭ

އޭދަފުށި ޓައިމްސްކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ފައިނަލުގައި އޭދަފުއްޓާއި ދަރަވަންދޫ މިރޭ ވާދަކުރާނެ އެވެ.

ބ. އަތޮޅު ބުރުގައި މިފަހަރު ބައިވެރިވީ އޭދަފުއްޓާއި ދަރަވަންދޫގެ އިތުރުން ފެހެންދޫ އެވެ. އެންމެ ކުރި ހޯދި ދެ ޓީމުގެ ގޮތުގައި އޭދަފުއްޓާއި ދަރަވަންދޫ ފައިނަލަށް ދަތުރުކުރިއިރު ކެޓީ ފެހެންދޫ އެވެ.

އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި ދަރަވަންދޫ އިން ވަނީ 1-2 އިން ފެހެންދޫ ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި އޭދަފުށިން ވަނީ 5-0 އިން ފެހެންދޫ ބަލިކޮށްފަ އެވެ. އަތޮޅު ބުރުގެ ފަހު މެޗުގައި ފެހެންދޫ އާއި އޭދަފުށި ވާދަކޮށް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތާރީހުގައި ވެސް ދަރަވަންދޫ ވާދަކުރާ ފުރަތަމަ ފަހަރެވެ. އެޓީމުން މިވަނީ ފުރަތަމަ އަހަރު ވެސް އަތޮޅު ފައިނަލުން ޖާގަ ހޯދައިފަ އެވެ.

އަތޮޅު ބުރުން ކެޓި ފެހެންދޫ ވެސް ވަނީ މީގެކުރިން އޭދަފުއްޓާ ދެކޮޅަށް 2023 ވަނަ އަހަރުގެ އަތޮޅު ފައިނަލުގައި ރަނގަޅު ވާދައެއްކޮށްފަ އެވެ.

އަތޮޅު ބުރުގެ ޗެމްޕިއަންކަން އެންމެ ފަހުން ކުޅުނު 6 ފަހަރު ވެސް ހޯދީ އޭދަފުށިންނެވެ. އެގޮތުން އޭދަފުށިން ވަނީ 2018، 2019، 2022، 2023، 2024 އަދި 2025 ވަނަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ. އަތޮޅު ޗެމްޕިއަންކަން ހޯދި 2024 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ވެސް އޭދަފުށިން ހޯދި އެވެ.

އޭދަފުއްޓާއި ދަރަވަންދޫ ވާދަކުރާ ފައިނަލް މެޗު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް 1 ގައި ފަށާނީ މިރޭ 9:45 ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...