ދަރަވަންދޫ ބަލިކޮށް އޭދަފުށިން 7 ވަނަ ފަހަރަށް އަތޮޅު ޗެެމްޕިއަންކަން ހޯދައިފި

އޭދަފުށި ޓައިމްސްކުޅިވަރު

ފައިނަލުގައި މިރޭ ދަރަވަންދޫ 2-0 އިން ބަލިކޮށް އޭދަފުށިން 7 ވަނަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.

ގޯލްޑަން ފުޓްސަލްގައި އޭދަފުށި ވާދަކުރަން ފެށީއްސުރެ އަންނަނީ އަތޮޅު ޗެމްޕިއަންކަން ހޯދަމުންނެވެ.

މި އަހަރުގެ އިތުރުން އޭދަފުށިން އަތޮޅު ޗެމްޕިއަންކަން ހޯދީ، 2018، 2019، 2022، 2023، 2024 އަދި 2025 ވަނަ އަހަރު އެވެ. އަތޮޅު ޗެމްޕިއަންކަން ހޯދި 2024 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ވެސް އޭދަފުށިން ހޯދި އެވެ.

މިރޭގެ މެޗުގައި އޭދަފުށީގެ ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ އަބްދުﷲ މުއާޒް އެވެ. މުއާޒްގެ އެހީގައި ދެ ވަނަ ގޯލު ޖެހީ ހުސައިން ޝަރީފް (މުޑާ) އެވެ.

މެޗުން ބަލިވިޔަސް ދަރަވަންދޫ އިން މިރޭ ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.

މޮޅާ އެކު އޭދަފުށި ވަނީ ޒޯން ބުރަށް ދަތުރުކޮށްފަ އެވެ. ޒޯން ތިނެއްގައި އޭދަފުއްޓާ އެކު ގާފަރާއި މާފުށީގެ އިތުރުން ޅ އަތޮޅުގެ ޗެމްޕިއަން ވާދަކުރާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...