އުރީދޫ ކަލަންޑަރ 2026: އުރީދޫ އާއެކު ސައެއް

އޭދަފުށި ޓައިމްސްވިޔަފާރި


އުރީދޫ މޯލްޑިވްސް އިން 2026 ވަނަ އަހަރުގެ ކަލަންޑަރު “ޓީ ވިތް އުރީދޫ” ގެ ނަމުގައި ނެރެފި އެވެ.

ޒަމާނުއްސުރެ ރާއްޖޭގެ ގޭގޭގައި ސަޔަކީ ހަމައެކަނި ބުއިމަކަށް ވުރެ މާ ބޮޑު އެއްޗެކެވެ. އެއީ ދުވަސް ފަށުމަށާއި، ބުރަ ދުވަހެއްގެ މެދުތެރެއިން ހަމަޖެހިލުމަށް ނަގާ ބްރޭކެއް ނުވަތަ އާޢިލާއާއި ރަހުމަތްތެރިން ބައްދަލުވާ ގޮތެކެވެ. “ހިނގާ ސަޔައް؟” މި ލަފުޒަކީ ކޮންމެ ގުޅުމަކަށް، ކޮންމެ މުނާސަބަކަށް ފަހި ސުވާލެކެވެ.

މި ސަގާފަތާ ގުޅުވައިގެން މި އަހަރުގެ ކަލަންޑަރުގައި ކޮންމެ މަހަކު ވެސް ތަފާތު ސައިގެ ބާވަތެއް ހިމެނިފަވާނެވެ. މި ކަލަންޑަރުގައި ގެނެސްދެވިފައިވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިބެން ހުންނަ މޭވާ އަދި މާމެލާމެލި ރަހަތައް ހިމޭ ސައެވެ.  ކޮންމެ ޞަފްހާޢަކުން ފެނިގެންދާނީ މިދެންނެވި ސައިތަކުގައި އެކުލެވިގެންވާ މައި ރަހައިގެ ބާވަތެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ގުޅުންތަކަކީ ހަމައެކަނި ޓެކްނޮލޮޖީގެ ޒަރީއާއިން ބަދަހިވާ އެއްޗެއް ނޫން ކަމަށެވެ.

“ސައި ބުއިމުގެ ސަގާފަތަކީ ދިވެހިން އެކަކު އަނެކަކާ ގުޅުން ބަދަހިވުމުގެ އެއް މެދުވެރިއެއް. މުހިންމު ގިނަ ވަގުތު ތަކުގައި: އޮފީސް މަސައްކަތުގައިވިޔަސް، ރައްޓެހިން ނުވަތަ އާއިލާ އެއްވެލާ ވަގުތު ތަކުގައިވެސް ސައި ބުއިމަކީ ދިވެހިންގެ އާދަކާދައިގައި ހިމެނޭ މުހިންމު ކަމެއް. އުރީދޫގެ 2026 ވަނަ އަހަރުގެ ކަލަންޑަރުގެ ތެރެއިން އަޅުގަނޑުމެން ބޭނުންވީ މި އާދަ ކާދަ ދިރުވަން،”

އުރީދޫ މޯލްޑިވްސް އިން މި އަހަރު ޑެސްކް ކަލަންޑަރުގެ އިތުރުން ފާރުގައި އަޅުވާ ކަލަންޑަރެއް އަދި ޑިޖިޓަލް ކަލަންޑަރެއް ވެސް ތައާރަފްކުރިއެވެ. ކޮންމެ މަހަކު ވެސް ދިވެހި ރަހަތައް ހިމެނިފައިވާ ހާއްސަ ގްރީންޓީ ބްލެންޑެއްގެ ޓީ ކޭކެއް ޑެސްކް ކަލަންޑަރާއެކު، ހިމެނިފައި ވާނެއެވެ.

މީގެ އިތުރުން ކަލަންޑަރުގެ ޑިޖިޓަލް ވާޝަނެއް ވެސް ލިބެން ހުންނާނެ އެވެ. އުރީދޫ މޯލްޑިވްސްގެ އުންމީދަކީ 2026 ވަނަ އަހަރުގެ ކަލަންޑަރަކީ ޑެސްކް، ފާރު އަދި ސްކްރީނުން ކޮންމެ ދުވަހެއްގެ އާދަކާދަގެތެރޭގައި ހިމެނޭ ކަލަންޑަރަކަށް ވެގެންދާނެ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...