ބީއެމްއެލް ކްރެޑިޓް ކާޑުތަކުގެ ލިމިޓް އާދީއްތަ ދުވަހުން ފެށިގެން ދެ ގުނަ ބޮޑުވާނެ

ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރުމަށް މަހަަކަށް ކަނޑައަޅާފައި އޮންނަ ލިމިޓް، ކުރިން އިއުލާނުކޮށްފައިވާ ގޮތަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ނިންމައި މިއަދު އިއުލާނުކޮށްފި އެވެ.
ބީއެމްއެއިލް ބުނި ގޮތުގައި ކްލެސިކް، ގޯލްޑް އަދި ޕްލެޓިނަމް ކްރެޑިޓް ކާޑުގެ ލިމިޓް ވެސް ބޮޑުވާނެ އެވެ.
ކާޑުތަކުގެ ލިމިޓަށް އަންނަ ބަދަލުތައް:
ކްލެސިކް ކާޑު: މިހާރު ހުރި 750 ޑޮލަރުގެ ލިމިޓް 1,400 ޑޮލަރަށް
ގޯލްޑް ކާޑު: މިހާރު ހުރި 750 ޑޮލަރުގެ ލިމިޓް 1,500 ޑޮލަރަށް
ޕްލެޓިނަމް ކާޑު: މިހާރު ހުރި 1,500 ޑޮލަރުގެ ލިމިޓް 3,000.
ބޭންކުން ބުނި ގޮތުގައި މިއީ ކޮންމެ ކަސްޓަމަރަކަށް ޑެބިޓް ކާޑުން ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ލިމިޓްގެ އިތުރުން، އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ވަކިން ހަމަޖައްސައިދީފައިވާ ލިމިޓެކެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ބޭރު ފައިސާއިން ކުރާ މުއާމަލާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި ބޭސްފަރުވާ އަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވެސް ހަމަޖައްސައިދެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
