އުރީދޫން ޓެމޫގެ 100 ޑޮލަރުގެ ޑިސްކައުންޓު ބަންޑަލެއް ދެނީ

އުރީދޫ މޯލްޑިވްސް އިން ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރިކުރާ ޕޯޓަލް ކަމަށްވާ ޓެމޫއާ އެކު ޕާޓްނަޝިޕެއް ހަދައިފި އެވެ.
މިޕާޓްނަޝިޕާއެކު ރޯދަމަހަށް ތައްޔާރުވުމަށްޓަކައި ދިވެހިންގެ ތެރޭގައި ކުރާ ވިޔަފާރިއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސް އާއި ޓެމޫ އާއެކު ވެވުނު އެއްބަސްވުމާއެކު އުރީދޫ އެޕް މެދުވެރިކޮށް 100 ރުފިޔާ ހޭދަކޮށްގެން 50،000 ކަސްޓަމަރުންނަށް 100 ޑޮލަރުގެ ޑިސްކައުންޓް ވައުޗަރ ބަންޑްލްއެއް ލިބިގެންދާނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް ޑިސްކައުންޓް ކޫޕަންތަކުގެ ހާއްސަ ބަންޑަލްއެއް ސީދާ އެޕް މެދުވެރިކޮށް ރިޑީމް ކުރެވޭނެއެވެ.
މި އޮފާއާއެކު ޒަރޫރީ ސާމާނާއި ހަދިޔާތަކާއި، ގޭތެރެ ޒީނަތްތެރި ކުރުމާއި، ޕާސަނަލް އައިޓަމްތައް ގަންނަން ފަސޭހަ އަދި އަތްފޯރާ ފަށުގައި ގަނެވޭނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ގިނަ ދިވެހިން އޮންލައިން ޝޮޕިންއަށް މިސްރާބު ޖަހާފައިވާއިރު، އުރީދޫ މޯލްޑިވްސްގެ ވެލިއު އެޑެޑް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފައިދާތަކެއް ހޯދައިދީ، އެ މީހުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޓެމޫއާ އެކު މި ޕާޓްނަރޝިޕް ވެގެންދާނީ ކަސްޓަމަރުންނަށް ފައިދާހުރި އިނާޔަތްތަކެއް ހޯދައިދީ، އާންމު ދިރިއުޅުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސް އާއި ޓެމޫ ގުޅިގެން ހަދާފައިވާ މި ޕާޓްނަރޝިޕަކީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް ސިޔާސަތުގެ ދަށުން ރާޢްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކަސްޓަމަރަކަށްވެސް ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް މުއާމަލާތްކުރުމަށް ބާރުދޭ އެއްބަސްވުމަކަށް ވެގެންދާނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
