ގަދަ 16 ގައި އޭދަފުއްޓާއި މަންޗަންގޮޅި މިއަދު ހަވީރު 4 ޖަހާއިރު، ޓީމުން އެދެނީ ސަޕޯޓަރުންގެ ތަރުހީބަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގެ މެޗުގައި އޭދަފުށި މިއަދު ހަވީރު މާލެ މަންޗަންގޮޅިއާ ވާދަކުރާނެ އެވެ.
މުބާރާތުގެ ގަދަ 16 އިން އޭދަފުށި ފުރުސަތު ހޯދީ ޒޯން ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. ޒޯން ތިނެއްގެ ފައިނަލުގައި އޭދަފުށި ވަނީ ކ. ގާފަރު ޕެނަލްޓީގައި ބަލިކޮށްފަ އެވެ. ފައިނަލް މެޗު 2-2 އިން އެއްވަރުވިއިރު ޕެނަލްޓީގައި އޭދަފުށި ކުރި ހޯދީ 2-4 އިންނެވެ.
އޭދަފުށިން ވަނީ މިފަހަރުގެ މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. އަތޮޅު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދަރަވަންދޫއާ ވާދަކޮށް 0-2 އިން މޮޅުވެގެންނެވެ.
އޭދަފުއްޓާ ދެކޮޅަށް ނުކުންނަ މަންޗަންގޮޅި ވަނީ މާލެ ޒޯންގެ ދެ ވަނަ ހޯދައިފަ އެވެ. އަދި ޒޯން ފައިނަލުގައި ވިލިމާލެއާ ވާދަކޮށް އެޓީމު ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
އޭދަފުއްޓާ މާލެ މަންޗަންގޮޅި ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގަ އެވެ. މެޗު ކުޅޭނީ ހުޅުމާލެ ރެހެންދި ފުޓްސަލް ގްރައުންޑް 2 ގަ އެވެ.
މުބާރާތުގައި މިއަދު ހަވީރު އޭދަފުށި ކުޅޭ މެޗަށް މާލެ ސަރަހައްދުގައި ދިރިއުޅޭ އޭދަފުށީގެ ސަޕޯޓަރުން ދިއުމަކީ އެ ޓީމުގެ ވަރަށްބޮޑު އެދުމެކެވެ.
ގަދަ 16 ގެ މެޗުތައް (05 ފެބްރުވަރީ)
ދުވާފަރު – ހިތަދޫ (16:00)
އޭދަފުށި – މަންޗަންގޮޅި (16:00)
ނައިވާދޫ – ދިއްގަރު (20:00)
މަތިވެރި – އިސްދޫ (20:00)
ތިމަރަފުށި – މާރަންދޫ (21:30)
ދެއްވަދޫ – ކެޔޮދޫ (21:30)
ކުޑަހުވަދޫ – ކަނޑިތީމު (22:45)
ވިލިމާލެ – ގާފަރު (22:45)
ކޮމެންޓްސް (0)
ލޯޑް ކުރަނީ...