މައްޗަންގޯޅި ބަލިކޮށް އޭދަފުށި ކުއާޓާ ފައިނަލަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރައުންޑް އޮފް 16 ގައި މައްޗަންގޯޅީގެ މައްޗަށް ހޯދި މޮޅާއެކު، ބ. އޭދަފުށިން މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ދަނޑުގެ ގްރައުންޑް 2 ގައި ކުޅުނު މި ފޯރިގަދަ މެޗުން އޭދަފުށި މޮޅުވީ 0-1 އިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށެވެ. މިއީ މައްޗަންގޯޅީގެ ޑިފެންޑަރުންނަށް ބޯޅަ ސާފުކޮށްނުލެވި އުޅެނިކޮށް ލިބުނު ފުރުސަތެއްގައި، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އިޝާން އިބްރާހީމް (ސައްޓު) ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި އޭދަފުށީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް ލަނޑު ޖަހައިދިން ތަޖުރިބާކާރު ކުޅުންތެރިޔާ އިޝާން އިބްރާހީމެވެ. އޭނާއަކީ ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ.
މި މޮޅާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި އޭދަފުށި ބައްދަލުކުރަން ޖެހޭނީ ރ. ދުވާފަރާއެވެ. ދުވާފަރުން ކުއާޓާގެ ޖާގައެއް ހޯދީ ގަދަ 16 ގެ ބުރުގައި ސ. ހިތަދޫ ބަލިކުރުމަށްފަހުއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...