އޭދަފުށީ ކައުންސިލުން މާދަމާރޭ ރައްޔިތުންނާ ބައްދަލުކުރަނީ

ބ. އޭދަފުށީ ކައުންސިލުން މާދަމާ ރޭ ރައްޔިތުންނާ ބައްދަލުކުރަން ނިންމައިފި އެވެ.
ކައުންސިލުން ބުނި ގޮތުގައި ބައްދަލުވުން މާދަމާ ރޭ 21:00 ގައި މަލްޓިޕާޕަސް ހޯލްގަ އެވެ.
މި ބައްދަލުވުމަކީ ރަށު ކައުންސިލުން ބުނިގޮތުގައި މިއަހަރުގެ މަސައްކަތު ތާވަލް އަދި ބަޖެޓް ހިއްސާކުރުމަށާއި މިދިޔަ އަހަރުގެ އަހަރީ އަހަރީ ރިޕޯޓް ހުށަހެޅުމަށް ބާއްވާ ބައްދަލުވެމެކެވެ.
އެހެންވެ މި ބައްދަލުވުމުގައި ރަށުގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.
އާންމުކޮށް ކައުންސިލުން، ރައްޔިތުންނާ ބައްދަލު ކުރަން ބާއްވާ ބައްދަލުވުންތަކަށް މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
