ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ފިއުލް ސްކިޑްތައް ހުޅުވަނީ

ޚަބަރު

ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، އެސް.ޓީ.އޯ.ގެ ފިއުލް ސްކިޑްތައް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބުމުގައި ހުރި ދަތިކަން ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެސް.ޓީ.އޯ.ގެ ފުރަތަމަ ފިއުލް ސްކިޑް، ރ. ދުވާފަރުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ހުޅުވާފައިވާ ކަމަށެވެ.

މީގެއިތުރުން މަސްވެރިންނަށް ތެޔޮ ލިބުމުގައި ހުރި ދަތިކަން ހައްލުކުރުމަށް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، އެސް.ޓީ.އޯ.ގެ ފިއުލް ސްކިޑްތައް ހުޅުވާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ބޮޑުކަންނެލި މަސްވެރިންނަށް ވެސް، އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...