ރޯދަ މަހު ރެސްޓޯރަންޓްތައް ހުޅުވޭނެ ގަޑިތައް އާންމުކޮށްފި

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު އިއުލާނުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، ރޯދަމަހުގެ ތެރޭގައި ކެފޭ، ރެސްޓޯރަންޓް އަދި ކެއިންބުއިމުގެ ހިދުމަތްދޭ އެހެނިހެން ތަންތަން ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށެވެ. އަދި ހަ ރޯދައިގެ ދުވަސްތަކުގައި މިފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށެވެ.
މުދާ ވިއްކާ ފިހާރަތަކަށް ކަނޑައަޅާފައިވާ ގަޑިތަކަށް ބަލާއިރު، މާދަމާއިން ފެށިގެން ރޯދަމަހާއި ހަ ރޯދަ ނިމެންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ކުރިން ދޫކޮށްފައިވާ ތަންތަން ވެސް ހިމެނޭ ގޮތަށް، ހުރިހާ ތަނަކުން ވެސް އަމަލުކުރަން ޖެހޭނީ މި ގަޑިތަކަށެވެ.
މިނިސްޓްރީން ވަނީ ހުރިހާ ވިޔަފާރިތަކަކުން ވެސް މި އެންގުމާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މި މަހު 18 އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
