ބީއެމްއެލް އިސްލާމިކުން ދޭ ހައްޖު ދަތުރުތައް ލިބޭ 10 ނަސީބުވެރިން ހޮވައިފި

ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހައްޖު ޕްރޮމޯޝަންގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފި އެވެ.
މިއީ ބީއެމްއެލްގެ އިސްލާމިކްއިން މިހާ ގިނަ ބަޔަކަށް ހައްޖު ދަތުރު ދޭ ޕްރޮމޯޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.
ހައްޖު ދަތުރު ލިބުނު ފަރާތްތައް
– ފާތިމަތު ޖަބީން
– މުފީދު އަބްދުލްވައްހާބް
– އަބްދުﷲ ފާލިލު
– ލުގްމާން މުހައްމަދު
– އިބްރާހިމް ނަސީރު
– ސުހައިލް އިބްރާހިމް
– ސުއައިދު މުހައްމަދު
– ސަދާޤަތު އަބްދުﷲ
– އަހުމަދު ނިޝާދު
– ޝިނާން އަބްދުﷲ
އެ ޕްރޮމޯޝަނުގެ ބައިވެރިކުރީ ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ބޭނުންކުރަން ފެށި ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނެވެ.
އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
