ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިން އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ބ. އޭދަފުށީ ކައުންސިލަށާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މިއަދު ބާއްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އޭދަފުށީގައި މިއަދު އެ ރަސްމިއްޔާތު ބާއްވާފައިވަނީ މަލްޓި ޕާޕަސް ހޯލުގަ އެވެ.
މި އިންތިހާބުގައި އޭދަފުށީ ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ ދެ ކެންޑިޓޭޓެކެވެ.
ރަށު ކައުންސިލުގެ ރައީސް ކަމަށް ތިން ކެންޑިޑޭޓުން ވާދަކުރާއިރު، ރަށު ކައުންސިލް މެންބަރުކަމަށް ހަތް ކެނޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރެއިން އަންހެން ދެ ކެނޑިޑޭޓުން އިންތިހާބަކާ ނުލައި ކާމިޔާބުކޮށްފަ އެވެ. އެއީ މިހާރުވެސް ކައުންސިލުގެ މެންބަރު ނާޒްނީނާ ޔޫސުފް އާއި މިހާރުގެ އަންހެނުންގެ ކޮމެޓީގެ ރައީސް ޒީމާ އިބްރާހީމެވެ.
އޭދަފުށީ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުން (ނަންބަރު ތަރުތީބުން)
- ސާމީ އިބްރާހީމް (އަމިއްލަ)
- އަލީ ޒާހިރު (އަމިއްލަ)
- ޒައިދު ޢަލީ، (ޕީއެންސީ)

އޭދަފުށީ ކައުންސިލުގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުން (ނަންބަރު ތަރުތީބުން)
- މުހައްމަދު ޒާހިދު (ބައްޓޭ) އަމިއްލަ
- މުޙައްމަދު ރަޝީދު (އަމިއްލަ)
- އަބްދުﷲ ރަޝީދު (ޕީއެންސީ)
- އަޙްމަދު ޝުހައިލް (އަމިއްލަ)
- ޢަލީ ޝަފީގު (ޕީއެންސީ)
މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ކަމަށް ދެ ކެންޑިޑޭޓުން އަދި މެންބަރު ކަމަށް 6 ކެންޑިޑޭޓުން ވާދަކުރެ އެވެ.

އަންހެނުން ކޮމެޓީގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުން (ނަންބަރު ތަރުތީބުން)
- ފާތުމަތު އަބްދުއްރަހްމާން (ޕީއެންއެފް)
- އާއިޝަތު ރީތާ (އަމިއްލަ)
އަންހެނުން ކޮމެޓީގެ މެންބަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުން (ނަންބަރު ތަރުތީބުން)
- ޝާޒްލީނާ މުހައްމަދު (ޕީއެންއެފް)
- އާއިޝަތު ޝިފާނާ (އަމިއްލަ)
- ފާޠިމަތު ރީމާ (އަމިއްލަ)
- ޖިނާން އިބްރާހީމް (ޕީއެންސީ)
- ޙައްވާ ސަމީހާ (ޕީއެންސީ)
- ޝަމްލާ އަބްދުﷲ (ޕީއެންސީ)

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓްލުން އޮންނާނީ އަންނަމަހުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...