ރާއްޖޭގައި ކުޅިވަރުތައް ކުރިއަރުވަން ބީއެމްއެލް އިން ކުރާ މަސައްކަތަށް އެވޯޑެއް

ކުޅިވަރު
ރާއްޖޭގައި ކުޅިވަރުތައް ކުރިއަރުވަން ބީއެމްއެލުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މިރޭގެ ހަފުލާގައި އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ ޝަރީފުއާ، ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) އެވޯޑު ހަވާލުކޮށްދެއްވަނީ.

ދިވެހިރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއަރުވައި، ކުޅިވަރު ތަރައްގީ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެ ބެންކަށް ހާއްސަ އެވޯޑެއް ދީފިއެވެ.

ބޭންކަށް މި އެވޯޑު ދީފައި ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން އިންތިޒާމުކޮށްގެން މިރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައެވެ. ބޭންކުގެ ފަރާތުން މި އެވޯޑާ ހަވާލުވެލެއްވީ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ގައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން ކުޅިވަރު ތަރައްގީ ކުރުމާއި، ގައުމީ ފެންވަރުގެ މުބާރާތް ބޭއްވުމަށް އެހީތެރިވުމާއި ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރެއެވެ. އެގޮތުން ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިންގ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ ދިގު މުއްދަތުގެ ޕާޓްނަރޝިޕްތަކުގެ ދަށުން އެ އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ފޯރުކޮށްދެއެވެ. އެގޮތުން މި ސްކޮލާޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައި ވެއެވެ.

މީގެ އިތުރުން ބެންކުން މިހާރުވެސް ވަނީ ބާސްކެޓް ބޯޅަ އެރީނާއެއް ގާއިމްކުރުމަށް އެމްބީއޭ އާއެކު އެއްބަސްވެފައެވެ. ގައުމީ ބޭންކު، ބީއެމްލް އިން އަނެއްކާވެސް ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސާކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރގެ ގޮތުގައި 2017 އިން ފެށިގެން ބީއެމްއެލްއިން އަންނަނީ ފުުޓްބޯޅަ އެސޯސިއޭޝަނަށްވެސް އެހީތެރިވަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...