މި ރޯދަ މަހުވެސް އުރީދޫ އެޕުން ކަރާ ފެޅުން، އަދި ހާއްސަ އެތައް އޮފާތަކެއް

އުރީދޫ މޯލްޑިވްސް އިން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް ތަފާތު ޑިޖިޓަލް ތަޖުރިބާއެއް ގެނެސްދިނުމުގެ ގޮތުން “އުރީދޫ ކަރާފެޅުން” ގޭމާއި ގިނަ ހާއްސަ އޮފާތަކެއް މިއަދު ތައާރަފު ކޮށްފިއެވެ.
މި ކެމްޕެއިނަކީ ރޯދަ މަހުގެ އާދަކާދަތަކާއި ޒަމާނީ ޓެކްނޮލޮޖީ ގުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި އަހަރުގެ ރަމަޟާން ކެމްޕޭނު ވީޑިއޯގައި ފެނިގެންދަނީ އާދަޔާ ހިލާފު ޗެލެންޖަކާ ކުރިމަތިލާން ޖެހޭ ފަސް މީހަކަށް ދިމާވާ ހާދިސާތަކެކެވެ. މި ކެމްޕެއިންގެ މައިގަނޑު އަސާސަކީ ރަމަޟާން މަހުގެ ހަގީގީ ރޫޙު ކަމުގައިވާ އޯގާތެރިކަމާއި، އެއްބައިވަންތަކަމުގެ އިތުރުން އެކަކު އަނެކަކަށް އެހީތެރިވުމުގެ ރީތި ދިވެހި ސަގާފަތެވެ. އުރީދޫއިން ބުނި ގޮތުގައި މި ކެމްޕެއިންގެ މަގްސަދަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހަގީގީ “ސުޕަޕަވަރ” އެއް ހުންނަކަން ގަބޫލުކޮށްދިނުމެވެ.
އުރީދޫ ކަރާ ފެޅުން ގޭމް
އުރީދޫ ސުޕަރއެޕް މެދުވެރިކޮށް ކުޅެވޭ “ކަރާފެޅުން” ގޭމް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ކުޅެވޭނެއެވެ. މި ގޭމުގައި ކުޅުންތެރިން ބައިވެރިވާނީ ކަރާ ފެޅުމަށް ވާދަކުރާ ދެ ޓީމުގެ ތެރެއިން އެއް ޓީމެއްގައެވެ. މި ގޭމް ކުޅެގެން ކޮންމެ ދުވަހަކުވެސް ހިލޭ ޑޭޓާ، ފައިސާގެ އިނާމު އަދި އެހެނިހެން ހިތްގައިމު ހަދިޔާތައް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.
100,000 ރުފިޔާގެ ބޮޑު އިނާމު
މި އަހަރުގެ ކަރާފެޅުން ގޭމުގެ އެންމެ ހާއްސަ އެއް ކަމަކީ ބޮޑު އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ 100,000 ރުފިޔާގެ އަގުހުރި ބަންޑަލް އެވެ. މި ބަންޑަލްގެ ތެރޭގައި ހިމެނެނީ: ޑީޖޭއައި މިނީ 5 ޕްރޯ ޑްރޯން، ޑީޖޭއައި ނިއޯ 2 މޯޝަން ޑްރޯން، އޮސްމޯ އެކްޝަން 6 އެޑްވެންޗާ ކޮމްބޯ، ޑީޖޭއައި ޕޮކެޓް 3 ކްރިއޭޓަރ ކޮމްބޯ، އައިޕެޑް އެއާ (އެޕަލް ޕެންސިލްއާއެކު)، މެކްބުކް އެއަރ އެމް5، އަދި އައިފޯން 17 ޕްރޯ (256 ޖީބީ) އެވެ.
މި ހާއްސަ އޮފާތަކާއި ގޭމްތަކުގެ ސަބަބުން މިއަހަރުގެ ރޯދަ މަސް އުރީދޫގެ ކަސްޓަމަރުންނަށް އިތުރަށް ފުރިހަމަވެ، އުފާވެރިކަން ގެނެސްދޭނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
