މަމްސް ޖަމިއްޔާގެ “ރަމަޟާން އެއިޑް” އަށް ބީއެމްއެލްގެ މުވައްޒަފުންގެ އެހީތެރިކަން

ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިވުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެއިޑުން ކުރިއަށްގެންދާ ހާއްސަ ހަރަކާތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އާކް އެއިޑުގެ މި ޕްރޮގްރާމަކީ ޚާއްސަ އެހީއަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދީންގެ އާއިލާތަކާއި، އެކަނިވެރި މައިންގެ އާއިލާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އަސާސީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދިނުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ޕްރޮގްރާމަށް ބޭންކުގެ މުވައްޒަފުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާއެކު، ޖުމްލަ 200 އަށްވުރެ ގިނަ ކުދީންގެ އާއިލާތަކަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހިމެނޭ 100 އަށްވުރެ ގިނަ ޕެކް ވަނީ ހަދިޔާކޮށްފައެވެ. މި އެހީގެ ސަބަބުން ރަމަޟާން މަހުގެ ތެރޭގައި ގިނަ އާއިލާތަކަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަކީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އިޖުތިމާއީ އެކި ހަރަކާތްތަކުގައި ބައިވެރިވެ، އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައެކެވެ. މިގޮތުން މީގެ ކުރިންވެސް އާކް ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިދިޔަ އަހަރު ބޭންކުގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ މަމްސް އެއިޑަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
