ރޯދަ މަހު ބީއެމްއެލުން ހިދުމަތް ދޭނީ ހެނދުނު 9:30 އިން 12:30 އަށް

ރަމަޟާން މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދޭނެ ވަގުތުތައް އެ ބޭންކުން މިއަދު އާންމުކޮށްފިއެވެ.
ބީއެމްއެލުން ހާމަކޮށްފައިވާ ގޮތުގައި، ރޯދަ މަހުގެ ތެރޭގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު އެ ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ. މިއީ ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑިތަކާ އެއްގޮތަށް ކަނޑައަޅާފައިވާ ވަގުތުތަކެކެވެ.
މީގެ އިތުރުން، ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި ވެސް ބޭންކުން ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ ދުވަސްތަކުގައި ބޭންކު ހުޅުވާފައި ހުންނާނެ ވަގުތުތައް ފަހުގެ ތާރީޚެއްގައި އިއުލާނު ކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
ބޭންކުގެ ބްރާންޗްތަކަށް ހާޒިރުވެގެން ހޯދާ ހިދުމަތްތަކުގެ އިތުރުން، ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ހުރިހާ ހިދުމަތެއް 24 ގަޑިއިރު އޮންލައިންކޮށް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...