ބެޑްމިންޓަން އެކަޑަމީގެ ކާމިޔާބީ ފާހަގަކުރަން އެވޯޑް ނައިޓެއް ބާއްވަނީ

އޭދަފުށި ޓައިމްސްކުޅިވަރު

ރިވައިވަލް ސްޕޯޓްސް އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ ފަރާތުން ބާއްވާ ފުރަތަމަ “އެވޯޑް ނައިޓް 2026” ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

މިއީ އެ އެކަޑަމީގެ އެތުލީޓުން ދައްކުވައިދީފައިވާ ބުރަ މަސައްކަތާއި، ކުޅިވަރުގެ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އެކަންކަމުގެ އަގުވަޒަންކުރުމަށް ބާއްވާ ޚާއްޞަ ހަފުލާއެކެވެ. މި ހަފްލާ އޮންނާނީ އަންނަ މާޗުމަހުގެ 6 ވަނަ ދުވަހުގެ ރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.

މި ހަފުލާގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާނީ:

  • އެތުލީޓުންގެ ހުނަރާއި ކުރިއެރުން: ކޯޓު ތެރޭގައާއި ކޯޓުން ބޭރުގައި ކުޅުންތެރިން ދައްކާފައިވާ ހިތްވަރާއި ހޯދާފައިވާ ކުރިއެރުންތައް.
  • ކުޅިވަރުގެ ރޫހު: ކުޅުންތެރިންގެ މެދުގައި އޮންނަ އެކުވެރިކަމާއި ކުޅިވަރުގެ ރޫހު ދެމެހެއްޓުން.
  • ޚާއްޞަ ކާމިޔާބީތައް: ވޭތުވެދިޔަ އަހަރުތަކުގައި އެކަޑަމީއަށް ރީތި ނަން ހޯދައިދިން ފަރާތްތަކަށް އެވޯޑް ދިނުން.

ރިވައިވަލް ބެޑްމިންޓަން އެކަޑަމީން ބުނީ، މިއީ އެކަޑަމީގެ ކުޅުންތެރިންނާއި، ބެލެނިވެރިން އަދި ކޯޗުން ގުޅިގެން ކުރަމުންދާ ދަތުރުގެ ކާމިޔާބީ ފާހަގަކުރުމަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ހަފުލާގައި ބައިވެރިވެ، ޗެމްޕިއަނުންގެ އަގުވަޒަންކުރުމުގައި ބައިވެރިވުމަށް ބެޑްމިންޓަންގެ އާއިލާއަށް އެ އެކަޑަމީން ވަނީ ދައުވަތު އަރުވާފައެވެ.

ރިވައިވަލް ސްޕޯޓްސް އޭދަފުށި ބެޑްމިންޓަން އެކަޑަމީން އަންނަނީ މާލޭގެ ރިވައިވަލްސް ސްޕޯޓްސްއާ ގުޅިގެން އޭދަފުށީގައި ބެޑްމިންޓަން ފުޅާކުރުމަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވެ، މި އެކަޑަމީގެ އެތުލީޓުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. މީގެ އިތުރުން، ފަހަކަށް އައިސް ކޮންމެ އަހަރަކު ރާއްޖެއިން ބޭރުގައި ބާއްވާ ތަމްރީނު ކޭމްޕްތަކުގައި ބައިވެރިވެ، ބައިނަލްއަގުވާމީ ތަޖުރިބާވެސް އެކަޑަމީގެ ކުދިން ދަނީ ހޯދަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...