އުރީދޫގެ ކަރާ ފެޅުމުގައި މިއަހަރު “ރަތް ލަޝްކަރާއި” ނޫ ލަޝްކަރު”

އުރީދޫ ކަރާ ފެޅުން ގޭމް މިހާރު އުރީދޫ ސުޕަރއެޕް މެދުވެރިކޮށް ކުޅެވޭނެއެވެ.
ކޮންމެ ދުވަހެއްގެ ކަރާ ފެޅުމުން އެ ކަރާ ފެޅުމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ހަދިޔާ ލިބިގެންދާނެއެވެ. މީގެ ތެރޭގައި އެކި ކަހަލަ ޑޭޓާ ޕެކުތައް ހިމެނެއެވެ. އަދި މީގެ އިތުރުން ކޮންމެ ދުވަހަކު ކަރާ ފެޅުމުގައި މޮޅުވާ ލަޝްކަރުގެ އެއް ނަސީބުވެރި ކުޅުންތެރިއަކަށް ހާއްސަ އިނާމެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ފައިސާގެ އިނާމު، ޓީވީ، ކެމެރާ، ޕީއެސް 5 އަދި ހިފާ ގެންގުޅޭ ސާމާނު ހިމެނެއެވެ. .
ރަމަޟާން މަސް ނިމުމުން މުޅި ގޭމުން މޮޅުވާ ޓީމުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް ޑްރޯން، ޕޮކެޓް އޮސްމޯ، އައިޕޯނު، ފޯނު، މެކްބުކް އަދި އެންމެ މަތީ ފަންތީގެ ޓެކް އެސެންޝަލް ތަކެތި ހިމެނޭ ގޮތަށް 100،000 ރުފިޔާގެ އަގުހުރި އިނާމު ބަންޑްލްއެއް ލިބޭނެ އެވެ.
ކަރާ ފެޅުން ގޭމް އަކީ ރަމަޟާން ފަދަ ހާއްސަ މުނާސަބަތުތަކުގައި މުޖުތަމައު އެއްބައިވަންތަކަން ގެނެސްދޭ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތެވެ.
އުރީދޫ ސުޕަރއެޕް ހުޅުވައި، ރައްޓެހިން އެއްކޮށް، ޓީމެއް ޚިޔާރުކޮށް، ކުޅެން ފެށުމަށް އުރީދޫން ދަޢުވަތު އަރުވަމެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
