އޭދަފުށީ ބޮޑު ދަރުސް: ފަސް އަހަރުގެ ކާމިޔާބީއަށްފަހު އަންނަ އަހަރުގެ އަމާޒަކީ އުމުރާ ދަތުރެއް!

އޭދަފުށި ޓައިމްސްޚަބަރު
އޭދަފުށީ ބަޮޑޫ ދަރުސްގައި ޝެއިޚް އާޒިމު ދަރުސް ދެއްވަނީ — ފޮޓޯ ނުކުތާ

ވެލާ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ “އޭދަފުށީ ބޮޑު ދަރުސް” މިއަހަރުވެސް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ހަރަކާތް މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދަރުސްގެ ފުރަތަމަ ބައި ކުރިއަށްދިޔައީ މަސްޖިދު މުޙައްމަދު ޢަލީގައެވެ. އަޞުރު ނަމާދަށްފަހު ބޭއްވި މި ދަރުސްގައި އަލިއަޅުވާލާފައިވަނީ ރޯދަމަހުގެ މަތިވެރިކަމުގެ މައްޗަށެވެ. އަދި ދަރުސްގެ މައިގަނޑު ބައި ރޭގަނޑު ތަރާވީޙް ނަމާދަށްފަހު ބޭއްވީ އޭދަފުށީ ބޮޑު ސްޓޭޖް ސަރަޙައްދުގައެވެ.

“މާޔޫސް ނުވާށެވެ” މި މައުޟޫޢަށް ދަރުސް ދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢާޒިމް ޚާލިދެވެ.

އާލިމް ދަރުސް ހުށަހަޅައިދެނީ – ފޮޓޯ ނުކުތާ

މިއަހަރުގެ ދަރުސް ހޯސްޓްކޮށްދިނީ އޮންލައިން ނޫސް “ނުކުތާ” ގެ މަޝްހޫރު ހޯސްޓް ޢާލިމް ޢަބްދުއްލަތީފެވެ. އަދި މި ދަރުސް ވަނީ ނުކުތާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށްފައެވެ.

ފަސް އަހަރު ފުރުން: އަގުހުރި އިނާމުތަކެއް!

އޭދަފުށީ ބޮޑު ދަރުސް ބާއްވާތާ 5 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަހަރު ވަނީ ބައިވެރިންގެ މެދުގައި ގުރުއަތުލައި، ވަރަށް އަގުހުރި އިނާމުތަކެއް ދީފައެވެ. މީގެ ތެރޭގައި ސަންފޯޑް އަވަން، ސްޓީމް އަޔަން، ޖޫސް މޭކަރު، ކަސްރަތު މެޓް، މަސާޖް ގަން އަދި ކޭޝް ވައުޗަރ ފަދަ ތަކެތި ހިމެނެއެވެ.

ދެވުނު ބައެއް އިނާމުތައް:

  • ޑޭޒީ ގޭޓް: 48 ލިޓަރުގެ ސަންފޯޑް އަވަން
  • ފަސްމުގޫ: އިސްތިރި، ޖޫސް މޭކަރު، ޑިޝް ރެކް، ކޭކް މޭކަރު އަދި ކަސްރަތު މެޓް
  • ކާބޯ ވޯލްޑް: ދެ މީހަކަށް ރޯދަ ވީއްލުން
  • ފެއިމްސް މާޓް، ފްރެންޑް މީ، ކިވީ ލައިން: ގިފްޓް ޕެކާއި ސެންޓް

އަންނަ އަހަރު “އުމުރާ ދަތުރެއް”

ވޭލާ ސްޕޯޓްސް ކްލަބުން ބުނީ އަންނަ އަހަރުގެ ދަރުސް މިއަށްވުރެ ފުރިހަމަކޮށް، އިތުރު ހަރަކާތްތަކާއެކު ބާއްވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ދަރުސްގެ ބައިވެރިންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް “އަލްވާދީ ޙައްޖު އެންޑް ޢުމްރާ” ގެ ފަރާތުން ދޭ ޢުމްރާ ދަތުރެއް ލިބޭނެކަން ވަނީ އިޢުލާންކޮށްފައެވެ.

ބޮޑޫ ދަރުސް އިންތިޒާމުކުރުމުގައި އިސްކޮށްއުޅުނު ބައެއް ފާރާތްތައް ޝެއިޚް އާޒިމު އާއެކު ފޮޓޯއަކަށް ހުއްޓިގެން – ފޮޓޯ / ނުކުތާ

މި އަހަރުގެ ދަރުސް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭދަފުށީ ޑަބްލިޔުޑީސީ ގެ ފަރާތުންނެވެ. މީގެ އިތުރުން އޭދަފުށީ ކައުންސިލް، ބ. އަތޮޅު ކައުންސިލް، ބ. އަތޮޅު ހޮސްޕިޓަލް، މޫސުން ރަބީއު ފެމިލީ، ވިޝަން ބުކްޝޮޕް، ބްރޭކިންގ ވޭވްސް، ކަވި ޕްރިންޓް، އީޓީ އަދި އީވީ އަށް އިންތިޒާމުކުރާ ފަރާތުން ޝުކުރު އަދާކުރެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...