އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އަންލިމިޓަޑް ނައިޓް ޑޭޓާ ލިބޭ ހާއްސަ އޮފާއެއް

ރަމަޟާން މަހުގެ ރޭތަކުގައި ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ހޯދައިދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން “އަންލިމިޓެޑް ނައިޓް ޑޭޓާ” އޮފަރ ތައާރަފްކޮށްފިއެވެ.
މި އޮފަރގެ ދަށުން އުރީދޫ ސުޕަރއެޕް މެދުވެރިކޮށް ހާއްސަ ޕެކޭޖުތަކެއް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް ކޮންމެ ރޭގަނޑެއްގެ 9:00 އިން ފެށިގެން ދަންވަރު 1:00 އާ ހަމައަށް އަންލިމިޓެޑް ޑޭޓާ ލިބޭނެއެވެ.
އެންމެ 50 ރުފިޔާއިން ފެށޭ މި ޕެކޭޖުތަކާއެކު، ރަމަޟާން މަހުގެ ވަގުތުތަކުގައި އާއިލާއާއި ރަހުމަތްތެރިންނާ ގުޅުން ބަދަހިކުރުމަށާއި، މެދުކެނޑުމެއްނެތި ސްޓްރީމްކުރުމާއި، ގޭމް ކުޅުމުގެ އިތުރުން ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި އޮފަރ ލިބެނީ އުރީދޫގެ ޑޭޓާ ޕެކްތަކާއި، އާޗާ ދަން ދަން ޕެކްތަކުގެ އިތުރުން އޯލް-އިން-ވަން ޕެކްތަކުގެ ތެރެއިން ހޮވާލެވޭ ޕެކޭޖުތަކަކުންނެވެ.
އޮފަރ ލިބޭ މުހިންމު ޕެކޭޖުތައް:
މި އޮފަރގެ ދަށުން ތަފާތު އަގުތަކުގައި ޕެކޭޖުތައް ވަނީ ފަރުމާކޮށްފައެވެ. އޭގެ ތެރޭގައި 50 ރުފިޔާއަށް ލިބޭ 59 ޖީބީގެ ޑެއިލީ ޑޭޓާ ޕެކޭޖާއި، 200 ރުފިޔާއިން ފެށިގެން 500 ރުފިޔާއާ ދެމެދުގެ އަގުތަކުގައި ލިބޭ ޑޭޓާ ޕެކްތައް ހިމެނެއެވެ. މީގެ އިތުރުން 650 ރުފިޔާއިން ފެށިގެން 1200 ރުފިޔާއާ ހަމައަށް އަގުތައް ހުރި އޯލް-އިން-ވަން ޕެކޭޖުތަކުން ވެސް މި ހިދުމަތް ލިބޭނެއެވެ.
އާޗާ ދަން ދަން ޕެކޭޖުތަކަށް ބަލާއިރު، 500 ރުފިޔާ، 600 ރުފިޔާ އަދި 750 ރުފިޔާގެ ޕެކޭޖުތަކުން ދުވާލަކު 2 ޖީބީ އާއި 6 ޖީބީއާ ދެމެދުގެ ޑޭޓާ ލިބުމުގެ އިތުރުން، ރޭގަނޑު 9 އިން 1 އަށް އަންލިމިޓެޑް ޑޭޓާ ލިބިގެންދާނެއެވެ. މި ހުރިހާ ޕެކޭޖުތަކަކީ ވެސް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށޭނަ އަގުހެޔޮ ޕެކޭޖުތަކެކެވެ.
މި ހާއްސަ ރަމަޟާން އޮފަރގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ރާއްޖޭން ބޭރުގައި ތިބި އާއިލާގެ މެންބަރުންނާ ގުޅުން ބަދަހިކުރުމަށާއި، މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ބެލުމުގެ އިތުރުން އޮންލައިން ގޭމްތަކުގައި ބައިވެރިވުމަށް ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. ކަސްޓަމަރުންނަށް އުރީދޫ ސުޕަރއެޕް މެދުވެރިކޮށް މި ޕެކޭޖުތައް ސީދާ އެކްޓިވޭޓް ކުރެވޭނެއެވެ.
އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާ ފޯރުކޮށްދީ، އެންމެ މުހިންމު ވަގުތުތަކުގައި ފަސޭހަކަމާއެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
