އޭދަފުށީގައި އީދު ނަމާދު މިފަހަރު މިސްކިތްތަކުގައި

އޭދަފުށީގައި މި އަހަރުގެ ފިތުރު އީދު ނަމާދުގެ މިސްކިތްތަކުގައި ބާއްވާ ގޮތަށް އޭދަފުށީ ކައުންސިލުން ހަމަޖައްސައިފި އެވެ.

މިއީ އޭދަފުށީގައި އަހަރުތަކަށް ފަހު ފިތުރު އީދު ނަމާދު މިސްކިތްތަކުގައި ބާއްވާ ފުރަތަމަ ފަހަރެވެ.
އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި، ކުރިއަށް އޮތް ހުކުރު ދުވަހު ފާހަގަކުރާ އީދުގައި އެ ރަށުގައި ހުރި ތިން މިސްކިތުގައި ވެސް އީދު ނަމާދު ކުރާނެ އެވެ. މީގެ ހައެއްކަ އަހަރު ކުރިން ފެށިގެން އޭދަފުށީގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަމުން އައީ މިރަށު ފުޓްބޯޅަ ދަނޑުގަ އެވެ.
ކައުންސިލުން އިތުރަށް ބުނީ، އީދު ނަމާދު ކުރާ މިސްކިތްތަކުގެ ތެރެއިން މަސްޖިދު މުހައްމަދު އަލީ މިސްކިތާއި މަސްޖިދު ސުލްތާން މުއީނުއްދީން މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭނެ ގޮތަށް ވަކިން ޖާގަ ހަމަޖައްސާފައިވާނެ ކަމަށެވެ.
ރާއްޖޭގައި އީދު ނަމާދުކުރާ ގަޑި މިހާރު ވަނީ ކުރިއަށްވުރެ އަވަސްކޮށްފަ އެވެ. އެގޮތުން ކުރިން 7:30 ގައި ފަށަމުން އައި އީދު ނަމާދު، މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފަށާނީ ހެނދުނު 7:00 ގަ އެވެ.

ކޮމެންޓްސް (0)
ލޯޑް ކުރަނީ...