އޭދަފުށީގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރަން ހަވާލުކޮށްފި

އޭދަފުށި ޓައިމްސްޚަބަރު

ބ. އޭދަފުށީގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް އެސްއޭއެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ރޭ ހަވާލުކޮށްފި އެވެ.

Advertisement

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްލާމީ ދާއިރާ ކުރިއެރުވުމަށް ވެވަޑައިގަންނަވާފައިވާ ވައުދުފުޅުތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އޭދަފުށީގެ އިސްލާމީ މަރުކަޒުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދީން ކުރިއެރުވުމަށް 14 ރަށެއްގައި ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވެސް ރޭ ވަނީ ސޮއިކޮށްފަ އެވެ.

އޭދަފުށީގެ މަޝްރޫއުގެ އިތުރުން ރޭ ސޮއިކުރި އެހެން މަޝްރޫއުތަކުގެ ތެރޭގައި ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމާއި، ރާއްޖޭގެ 12 ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް ގާއިމްކުރުން ހިމެނެ އެވެ. މި ގޮފިތައް ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ، އައްޔަބޭ ޕާޓްނާސް، ވައިޓް ލިންކު އަދި އަފާމީ މޯލްޑިވްސް އާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 90 އަށް ވުރެ ގިނަ މަޝްރޫއު ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ވަގްފު އިމާރާތްތަކާއި، އިސްލާމީ މަރުކަޒުތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...