އުރީދޫ ‘ކަރާ ފެޅުން’ ގޭމުގެ މުއްދަތު އިތުރުކޮށްފި

އޭދަފުށި ޓައިމްސްވިޔަފާރި

އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަގުބޫލު ޑިޖިޓަލް ގޭމް ‘ކަރާ ފެޅުން’ އަށް ލިބެމުންދާ ބޮޑު ތަރުހީބާ ގުޅިގެން، އެ ގޭމް ކުޅުމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

Advertisement

އުރީދޫ އެޕް މެދުވެރިކޮށް ކުރިއަށްދާ މި ހަރަކާތުގެ މުއްދަތު އިތުރުކުރީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް މި ފޯރިގަދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

މި ބަދަލާއެކު، މުބާރާތުގެ އެންމެ ބޮޑު އިނާމު ކަމަށްވާ 100,000 ރުފިޔާގެ ‘ގްރޭންޑް ޕްރައިޒް ބަންޑަލް’ ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް ހުޅުވާލާފަ އެވެ. މި ބަންޑަލްގައި ހިމެނޭ އަގުހުރި އިނާމުތަކުގެ ތެރޭގައި އެންމެ ފަހުގެ ދެ ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް އަދި އައިފޯން 15 ޕްރޯ މެކްސް ފަދަ ތަކެތި ހިމެނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، “މި ކެމްޕޭނުގެ މުއްދަތު އިތުރުކޮށް، ގްރޭންޑް ޕްރައިޒް ހުރިހާ ޓީމަކަށް ހުޅުވާލުމުގެ ބޭނުމަކީ މި ގޭމުގައި ބައިވެރިވާ އެންމެނަށް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުން” ކަމަށެވެ. މިއީ ރަމަޟާން މަހު ކަސްޓަމަރުން ގުޅުވައިދޭނެ ފަދަ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

‘ކަރާ ފެޅުން’ ގޭމަކީ ކޮންމެ ދުވަހަކު ވެސް ގިނަ އިނާމުތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ގޭމެކެވެ. ބައިވެރިންނަށް ‘ކަރާ ކުއެސްޓް’ ފަދަ ފީޗާތައް މެދުވެރިކޮށް ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭއިރު، ކޮންމެ ދުވަހަކު ވެސް ހިލޭ ޑޭޓާ ޕެކްތަކާއި، ފައިސާގެ އިނާމާއި، އެއާ ޕިއުރިފަޔާ ފަދަ އިލެކްޓްރޯނިކް ސާމާނު ހޯދުމުގެ ފުރުސަތު އޮވެ އެވެ.

އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް މި މަޖާ އަދި ވާދަވެރި ގޭމުގައި ބައިވެރިވެ، މި މަހުގެ 26 ގެ ނިޔަލަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...