ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓްރޮފީ މިއަދު އޭދަފުއްޓަށް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 މުބާރާތުގެ ޗެމްޕިއަން ޓްރޮފީ މިއަދު ބ. އޭދަފުއްޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޓްރޮފީ އޭދަފުއްޓަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މި ހަރަކާތަކީ އާންމުންގެ މެދުގައި ޝައުގުވެރިކަން އިތުރުކުރުމަށާއި، ފުޓްސަލްގެ ފޯރި ރަށްރަށުގައި ގަދަކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މި ދަތުރުގެ ތެރެއިން އޭދަފުށީގެ ރައްޔިތުންނަށް ޓްރޮފީއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
މިގޮތުން މިއަދު ހަވީރު 18:00 އިން 19:00 އަށް އޭދަފުށީ ބަނދަރު ސަރަހައްދުގައި މި ފުރުސަތު ކުރިއަށްދާނެއެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ކުލަ ރަތް ހެދުމެއްގައި ބައިވެރިވުމަކީ ކައުންސިލްގެ އެދުމެކެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...