އުރީދޫން ދޭ ދެވަނަ އޭޓީވީ ހޯދަން ބާކީ މަސް ދުވަސް

އޭދަފުށި ޓައިމްސްޚަބަރު
އުރީދޫން ދޭ އޭޓީވީ: އެ ޕްރޮމޯޝަން މިއަހަރުގެ ނިޔަލަށް ކުރިއަށް ދާނެ — ފޮޓޯ/އުރީދޫ

އުރީދޫއިން ކޮންމެ ދެ މަހަކުން އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) އެއް ދޭ ޕްރޮމޯޝަނުގެ ދެވަނަ އޭޓީވީ ހޯދުމަށް އެއް މަސް ދުވަހަށް ވެފައިވާ ކަމަށް އުރީދޫން ބުނެފި އެވެ. 

Advertisement

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި އެ ޕްރޮމޯޝަން މިއަހަރުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އެ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިދިޔަ މަހު ވަނީ ހޮވައިފަ އެވެ. އުރީދޫން ބުނީ އެ ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކުރުމަށް ފަހު، ޕްރޮމޯޝަނަށް ލިބެމުންދާ ތަރުހީބު އިތުރުވެފައިވާ ކަމަށެވެ. އަދި އެ ޕްރޮމޯޝަނުގައި ދޭ އޭޓީވީއަކީ ރަށްފުށުގެ ދިރިއުޅުމާއި ގުޅޭ، ރަށްރަށުގައި ފަސޭހައިން ބޭނުން ކުރެވޭނެ އުޅަނދެއް ކަމަށް ބުންޏެވެ. 

އެ ޕްރޮމޯޝަންގައި އުރީދޫގެ މޮބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް) އާއި ސުޕަނެޓާއި ފަސޭހަ ނުވަތަ 5ޖީ އެއާފައިބާ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. އެ ގުރުއަތުގައި ބައިވެރިކުރާނީ ކޮންމެ ގުރުއަތެއް ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތްތައް ބޭނުން ކުރުމަށް 400ރ. ހަރަދުކުރާ ކަސްޓަމަރުންނެވެ. އަދި އެ ކަސްޓަމަރަކީ ގުރުއަތު ނަގާ ތާރީހާ ހަމައަށް އެކްޓިވް ކަސްޓަމަރަކަށް ވާން ޖެހޭނެ އެވެ. 

އެ ޕްރޮމޯޝަނުގައި އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.

އުރީދޫން ކޮންމެ ދެ މަހަކުން އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނެ އެވެ. މި ޕްރޮމޯޝަނުގައި ބާކީ ފަސް ގުރުއަތުލުން ކުރިއަށް ދާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...